މުހައްމަދު ފަޒީން
ފެކްޝަން އުފެދިފައިވާ ޕާޓީއަކާއެކު މަސައްކަތް ނުކުރެވޭނެ ކަމަށްބުނެ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ޢަބްދުﷲ އަބްދުއްރަހީ އެމްޑީޕީން ވަކިވެ އަލުން ޑީއާރްޕީއަށް ބަދަލުވެއްޖެއެވެ.
މިއަދު ޑީއާރްޕީ އޮފީހުގައި ބޭވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްﷲ އަބްދުއްރަހީމް ވިދާޅުވީ ކުރިން ޑީއާރްޕީން އެމްޑީޕީއަށް ބަދަލުވީވެސް އޭރު ޑީއާރްޕީގައި ފެކްޝަން އުފެދި ޑީއާރްޕީ ބައިބައިވާތަން ފެންނާތީ ކަމަށާއި، ނަމަވެސް މިހާރު ޑީއާރްޕީގައި އުފެދިފައިވާ ފެކްޝަން ޑީއާރްޕީން ވަކިވެ އެހެން ޕާޓީއެއް ހަދައިފައިވާކަމަށާއި، އެހެންކަމުން މިހާރުވެސް މިހުރެވެނީ އޭނާ ގަބޫލުކުރާ އުސޫލުގެމަތިން ކަމަށެވެ.
"ފެކްޝަނެއްގެ ތެރޭގައި މަސައްކަތް ކުރުމަކީ އެހާ ފަސޭހަ ކަމެއްނޫން. އެއީ ވަރަށް ދަތި އުނދަގޫ ކަމެއްކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. މިއަދު އެމްޑީޕީގެ ތެރޭން ހަމަ އަޅުގަނޑަށް ފެންނަމުން އެބަދޭ ފެކްޝަނަކަށް ބަދަލުވެގެން ދާތަން." މެމްބަރު އަބްދުﷲ އަބްދުއްރަހީމު ވިދާޅުވިއެވެ.
ޑީއާރްޕީއަށް އަބްދުﷲ އަބްދުއްރަހީ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ޑީއާރްޕީއާ މިގުޅެނީ އެމްޑީޕީގެ ފިކުރާ އޭނާގެ ފިކުރާ ދިމާނުވާތީ ކަމަށާއި، ޑީއާރްޕީއަކީ އަބަދުވެސް އެނާއަށް މަރުހަބާ ކިޔާ ޕާޓީއެއް ކަމުގަވާތީއެވެ.
އަބްދުﷲ އަބްދުއްރަހީމަކީ ޑީއާރްޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާއަށް ވާދަކޮށް ހޮވިވަޑައިގެންނެވި މެމްބަރެވެ. ޑީއާރްޕީން އެމްޑީޕީއަށް ބަދަލުވީ މިދިއަ އަހަރުގެ މޭއި މަހުގެ 22 ވަނަ ދުވަހުއެވެ.
ފެކްޝަން އުފެދިފައިވާ ޕާޓީއަކާއެކު މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެ އަބްދުﷲ އަބްދުއްރަހީމް ޑީއާރްޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ