ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމިތާ ދެ އަހަރު ވެސް ނުވަނީސް އެ ނިންމުން ބަދަލުކުރަން މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ މުަހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މިއަދު ތަސްދީގު ކުރި ބިލުގައި އޮތީ ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާ ގޮތަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނު އިސްލާހު ކުރުމަށެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ވެސް ސަރުކާރުންނެވެ. މި ބަދަލާއެކު މީގެ ކުރިން، ސިނގިރޭޓު އަގުބޮޑު ކުރުމުގެ ކުރިން ސިނގިރޭޓުގެ ބާވަތްތައް ވިއްކަމުންދިޔަ އަގަށް ގާތްގަނޑަކަށް އޭގެ އަގު ތިރިވާނެ އެވެ.
ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯ އިން ނަގާ ޑިއުޓީ ބޮޑުތަނުން ކުޑަކޮށް، ސިނގިރޭޓުގެ އަގު 50 އިންސައްތަ ހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުން މި ބަދަލު ގެނައީ ކަޅު ބާޒާރުގައި ފޭކު ސިނގިރޭޓު އާންމުވުން ހުއްޓުވުމަށާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސިނގިރޭޓުގެ އަގުބޮޑު ކުރުމަކީ މި ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ގޮތަށް ސިނގިރޭޓުގެ އަގު ބޮޑުކުރީ ނޮވެމްބަރު 2024، ގަ އެވެ. މި ސަރުކާރުން ކޮންމެ ސިނގިރޭޓަކުން 8ރ. ނަގަން ފެށި އެވެ. އަދި، އެފަދަ ޝިޕްމެންޓުތަކުން ނަގަމުން އައި ޑިއުޓީ ވެސް 50 ޕަސެންޓަށް ބޮޑުކުރި އެވެ.
ނަމަވެސް، މިއަދު ތަސްދީގުުރި އިސްލާހުގައި އޮތީ ދުންފަތުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަ ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން ވެސް އެ އިސްލާހުގައި ހިމަނައިފައިވެ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ.
އެ ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ.
ސިނގިރޭޓު އަގުހެޔޮ ކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ