އަންނަ އޮކްޓޯބަރު މަހުން ފެށިގެން ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ މެމްބަރު އަހުމަދު މަހުލޫފަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20000 ރުފިޔާ ކެއާ ސޮސައިޓީ އާއި ޓައިނީ ހާޓްސް އަދި ތެލްސީމިއާ ސެންޓަރަށް ހަދިޔާ ކުރައްވަން ނިންމަވައިފިއެވެ.
މިކަމާއި ގުޅެގޮތުން މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްކަމަށްބުނެ މަޖިލީހުން ކޮންމެ މެމްބަރަކަށް 20000 ރުފިޔާގެ އެލަވަންސެއް ކަޑައެޅުމުން، ކޮމެޓީ ތަކުގެ މަސައްކަތް ވީ އިތުރަށް ދަށް ކަމަށެވެ.
މަހަކަށް 20000 ރުފިޔާ ކޮމެޓީ އެލަވަންސްގެ ގޮތުގައި އޮތް ނަމަވެސް، އެކި މަސްމަހު ލިބެމުން އަންނަނީ އެކި ވަރުވަރަށް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. އަދި މިގޮތުން ކޮންމެ މަހަކު ވެސް ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ ޖުމްލަ އަދަދުގެ 50 އިންސައްތަ ކެއާ ސޮއައިޓީ، 25 އިންސައްތަ ތައިނީ ހާޓްސް އަދި 25 އިންސައްތަ ތެލްސީމިއާ ސެންޓަރަން ދެއްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ މި ފައިސާ އުނިކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މި ފައިސާ ނަގައިގެން އިނުމަކީ އޭނާގެ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން މި އެލަވަންސް އުނިކުރުމަށް މަހުލޫފް ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށައަޅުއްވާފައިވެއެވެ.
ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ ޖަމިއްޔާތަކަށް ހަދިޔާ ކުރައްވަން ނިންމެވީ، އެ ޖަމިއްޔާ ތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ސާބަހަށް ވަރަށް ބޮޑެތ އަދިި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާތަކެއް ކަމަށް ވުމުން ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. މީގެ ކުރިންވެސް މަހުލޫފު ވަނީ ކެއާ ސޮސައިޓިއަށް ފައިސާގެ އެހީތަކެއް ދެއްވާފައެވެ.
މަހުލޫފަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ އިޖްތިމާއީ ކަންކަމަށް ހަދިޔާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ