ގަމުގައި ގްރޫޕް ހަދައިގެން ބަދު އަޚުލާގީ އަމަލު ހިންގި މީހުން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފި

ގްރޫޕް ހަދައިގެން ބަދު އަޚުލާގީ އަމަލު ހިންގަމުން ދަނިކޮށް ލ. ގަމުން ރޭ އަތުލައިގަތް ހަތަރު މީހުން ވެސް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފި އެވެ. ގެސްޓް ހައުސްއެއްގެ ތެރޭގައި ގްރޫޕް ހަދައިގެން ބަދު އަޚުލާގީ އަމަލު ހިންގަމުން ދަނިކޮށް ރޭ އަތުލައިގަތީ އަންހެނަކާއި ތިން ފިރިހެނެކެވެ. އޭގެ ތެރެއިން އަންހެން މީހާ އާއި އިތުރު ފިރިހެނަކު 15 ދުވަހަށް ބަންދުގައި ބައިތިއްބަން ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާއިރު ބާކީ ތިބި ދެ ފިރިހެނުންގެ ބަންދަށް ކޯޓުން ދިނީ 10 ދުވަހެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން އަތުލައިގަތް ތަނުން ޖިންސީ ގުޅުން ހިންގަން ބޭނުންކުރާ އާލާތްތައް ވެސް ވަނީ ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ