ސުޕްރީމް ކޯޓުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ހަތަރު މާއްދާއެއް ސުޕުރީމް ކޯޓުން ބާތިލްކުރުމަކީ ގާނޫނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތައް ނަގާލުން ކަމަށާއި، މިމައްސަލަ އިންޓަ ޕާލިމެންޓްރީ ޔޫނިއަނާއި އދ. ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ސަމާލުކަމަށް ގެނެސް މިމައްސަލަ ބެލުމަށް މަޖުލީހުގެ އިމްތިޔާޒް ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އިމްތިޔާޒް ކޮމިޓީން މިކަން މިއަދު ފާސްކޮށްފައިވަނީ އެކޮމެޓީގައި ބައިވެރިވި ފަސްމެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އިމްތިޔާޒް ކޮމެޓީން މިގޮތަށް ނިންމި ކަމުގައިވިނަމަވެސް ކޮމިޓީގެ ނިންމުން މަޖުލީހުގެ ތަޅުމަށް ހުށައަޅައި ފާސްކުރަންޖެހެނެ އެވެ.
މަޖުލީހުގެ އިމްތިޔާޒްތަކާއިބެހޭ ގާނޫނުގެ ހަތަރު މާއްދާއެއް ސުޕުރީމް ކޯޓުން ބާތިލްކޮށްފައިވަނީ ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ހުށައެޅުއްވި ދުސްތޫރީ މައްސަލައެއްގައި ކޯޓުގެ ހަތްފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ސުޕްރީމް ކޯޓުން ބާތިލް ކުރީ އިމްތިޔާޒު ގާނޫނުގެ ތިން ވަނަ މާއްދާގެ (ށ)އާއި 11 ވަނަ މާއްދާގެ (ހ)އާއި، 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާއެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެގާނޫނުގެ 18 ވަނަ މާއްދާ މާނަކުރަންޖެހޭނީ ނޫސްވެރިކަމަށް ހުރަސް ނޭޅޭގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ