ރައީސް ޔާމީންގެ ފެކްޝަނުން ހުށަހެޅި ފޯމުތަކާ މެދު މައުމޫން ފެކްޝަނުން ސުވާލު އުފައްދައިފި!

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މި ހަފުތާގައި ހުށަހެޅި މެމްބަޝިޕް ފޯމުތަކާ މެދު ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ސުވާލު އުފައްދައިފި އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ވަނީ 1،800 ފޯމު އިލެކްޝަންސް އާ ހަވާލުކޮށްފަ އެވެ. މިއީ، ރައީސް ޔާމީން ޕީޕީއެމް ހިންގަން ފެށި ފަހުން، ލިބުނު 4،000 ފޯމުގެ ތެރެއިން ހުށަހެޅި އަދަދު ކަމަށް ވެސް އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފަ އެވެ.
#PPM has submitted 1800 forms today to EC out of 4000 received since HEPY began running the party. pic.twitter.com/HP7Lr9BR5H— Sec General-PPM (@sgppmmv) November 13, 2016
ފޯމުތައް އީސީއާ ހަވާލުކޮށް ހަލީލް ކުރެއްވި ޓުވީޓެއް.ނަމަވެސް މައުމޫން ފެކްޝަނުން ވަނީ މިކަން ދޮގުކޮށްފަ އެވެ.
އެ ފެކްޝަންގެ ޑެޕިއުޓީ ރެޖިސްޓްރާ ޝަހީދާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން ފެކްޝަނުން ޕީޕީއެމް އޮފީހުގައި ހުރި މުދާތައް ގެންދިޔައިރު އީސީ އަށް ފޮނުވަން 2،000 ފޯމު ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އަދި އީސީން ރިޖެކްޓްކޮށްފައި ހުރި 3،000 ފޯމު ވެސް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓްގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އެ ފޯމުތައް ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
PPM ofihuge echehi gendhiyairu fraud kamah fahagakureve 5000+ form EC ah nufonuvahunane.Namaves miadhu eh formthaves Ec ah fonuvanekan yagyn— Shaheedha (@Shahydha) November 16, 2016
ފޯމު ހުށަހެޅި ގޮތާ މެދު ފާޑުވިދާޅުވެ ޝަހީދާގެ ޓުވީޓެއް.ފޯމުތަކާ މެދު މައުމޫން ފެކްޝަނުން ސުވާލު އުފެއްދި ނަމަވެސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަލީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޕީޕީއެމް ހިންގަން ފެށިފަހުން އެކި ކަންކޮޅުތަކުން ޕާޓީއާ ގުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ޕާޓީގެ ހަރަކާތްތައް އިތުރުވެ ހިންގުމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތައް ކޯޓަށް ވެއްދުމުން، ޕާޓީގެ ހިންގުން ސިވިލް ކޯޓުން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު މައުމޫން، ފެކްޝަނުން ބުނަމުން ދަނީ، ކޯޓުތަކުގެ އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ