ވަކި މީހެއްގެ ހައްގުތައް ނިގުޅައިގަންނަން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފިނަމަ، ބޭރުގެ ފިއްތުންތައް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ޚާއްސަ މަންދޫބު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިފަދައިން ވިދާޅުވެ މިއަދު ޓުވީޓު ކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގައި ވާދަ ނުކުރެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު މިއަދު ވަނީ ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވައިފައެވެ.
މިއިސްލާހު ފާސްވެއްޖެނަމަ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހަަށް ވާދައެއް ނުކުރެއްވޭނެއެވެ.
އެމްޑީޕީން ބުނެފައިވަނީ ލަތީފުގެ އެ އިސްލާހަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށްގެން ހުށަހެޅި އިސްލާހެއް ކަމަށެވެ.
އެމްޑީޕީން މިހެން ބުނެފައިވަނިކޮށް މިއަދު ރައިސް ސޯލިހު މީޑިއާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަކި މީހެއްގެ ހައްގުތައް ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު ފާސްކުރި ނަމަވެސް އެބިލު ތަސްދީގު ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ވަކި މީހެއްގެ ހައްގުތައް ނިގުޅައިގަންނަން ގާނޫނެއް ފާސްކުރުމުން ބޭރުގެ ފިއްތުންތައް އައުން ގާތް: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ