ދެ އަހަރުތެރޭ 2 ބިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

ފާއިތުވި ދެ އަހަރުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ހޯމްލޭންޑް މިނސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ފާއިތުވި ދެ އަހަރު އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ހިފަަހައްޓާ އެކަން ކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ފާއިތުވި ދެ އަހަރު:
1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓާފައިވޭ
އެއީ މަގުމަތީ އަގުގެ 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި
"މިއީ އަޅުގަނޑުމެންގެ ތާރީހުގައި ދެ އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓި ފުރަތަމަ ދެ އަހަރު،" އިހުސާން ވިދާޅުވި އެވެ.
ގުުޅުންހުރި ކަމެއް - ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ މީހުން ހުއްޓުވުމަށްޓަކައި މުޅި ރާއްޖޭގައި ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ވެސް ފުލުހުން މިހާރު އަންނަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންގައި 90 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މިހާރު އެ އޮޕަރޭޝަންގެ މާބޮޑު ތަފްސީލުތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ