އާޒިމަށް ތާއިދުކުރަނީ މާލޭ ބަދަލުވާނެކަން ޔަގީންވާތީ: ނަޝީދު

މާލޭ މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ތާއީދުކުރައްވަނީ އޭނާގެ މޭޔަރުކަމުގެ ދައުރެއްގައި މާލެ ބަދަލުވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ. މިރޭ އޮތް އާޒިމްގެ ކެމްޕެއިން ޖަލްސާގައި، އާޒިމަށް ތާއީދުކުރައްވާ ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ބައިވެރިވެވަޑައިގަތެވެ. މި ޖަލްސާގައި ވަރަށް ކުރުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އާޒިމަށް ތާއީދުކުރައްވަނީ އޭނާ ހޮވައި، މޭޔަރަކަށް ވެއްޖެނަމަ މާލެ ބަދަލުވާނެކަން ޔަގީންވާތީ ކަމަށެވެ. "އަޅުގަނޑު އާޒިމަށް ތާއީދުކުރަނީ އޭނާ އަހައިފި، ރައީސޭ ކީއްވެހެއްޔޭ މިތާ ވަށައިގެން، މި މާލޭ ވަށައިގެން އެންމެ ރީތި ފަރު ނޯންނާންވީ. އެންމެ ޗާލު ތަނަށް، އެންމެ ރީތި މޫދަށް، އެންމެ ރީތި ފަރަށް މި މާލޭ ފަރު ނުވާންވީ ކީއްވެހޭ. އަޅުގަނޑު ދަންނަވައިފިން ސަބަބެއް ނެތޭ. ތިޔައީ ހައްތަހާ ވާންހުރި ކަންތަކޭ،" ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ މުސްތަބްލުގައި އެންމެން ވެސް ދިރިއުޅެން އޮތް ތަނަކީ އެ މަނިކުފާނު ވިދާޅުވީ އަލީ އާޒިމްގެ މޭޔަރުކަމުގައި މާލެ ބަދަލުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންކަމުން އޭނާ ޕްރައިމަރީގައި ހޮވަންޖެހޭ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދެނީ އަލީ އާޒިމަށް ވޯޓު ދެއްވަން،" ނަޝީދު ވިދާޅުވިއެވެ. https://sun.mv/215521 މި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ޕްރައިމަރީގެ މަސައްކަތަށް މާލޭ ސަރަހައްދުގައި ޑޯޓުޑޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ހަރަކާތުގައި ބައްދަލުވާ ގިނަ މީހުން ފާހަގަކުރާ ބުނާ އެއް ވާހަކައަކީ "ދެން މާލެ ބަދަލުކުރެވޭނެ، ނުވަތަ ރަނގަޅު ކުރެވޭނެ އެއްވެސް މީހަކު ނެތް" ކަމަށެވެ. އެގޮތުން ހުރިހާ ޕާޓީތަކެއްގެ މޭޔަރުން އައިސްފި ކަމަށާއި ނަމަވެސް ވީ ކަމެއް ނެތްކަމަށް ރައްޔިތުން ބުނަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އެއީ ގޯސް ވިސްނުމެއް ކަމަށާއި، އޭނާއަށް އެ ބަދަލު ގެނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ