އެންމެންނަށް އިންޞާފު ލިބެންޖެހޭނެ - 5 އަހަރު ނިމޭއިރު އިންޞާފުލިބި ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިން ރައްޔިތުން ސަލާމަތް ވާނެ!: އެވިލާ

ރާއްޖޭގެ އެންމެންނަށް އިންޞާފު ލިބެންޖެހޭނެ ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރައްޔިތުންނަށް އިންޞާފުލިބި ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިން ރައްޔިތުން ސަލާމަތް ވާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން (އެވިލާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިބަރާހީމް ޙަސަން ވިދާޅުވީ އިންޞާފު ނުލިބުމަކީ ތޮއްޑޫ ދާއިރާއަށްވެސް އަދި މުޅި ރާއްޖެއަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އަދި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ވެސް އޮތް މައްސަލަ ކަމަށެވެ.
އިބްރާހީމް ޙަސަން ވިދާޅުވީ އިންސާފު ނުލިބުމުން ކޮންމެ މީހަކުވެސް ކަންބޮޑުވާ ކަމަށާއި އަދި އެމީހަކާއި ގުޅުންހުރި އެންމެންވެސް ކަންބޮޑުވާ ކަމަށެވެ. ސިޔާސީ ލީޑަރަކަށް އިންސާފު ނުލިބޭނަމަ އެ ލީޑަރަކަށް ސަޕޯޓް ކުރާ އެންމެން ކަންބޮޑުވާ ކަމަށެވެ.
މައްސަލައިގެ ހައްލަކީ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް ހަމަ ހުރިހާ ރައްޔިތުންނަށްވެސް އިންޞާފު ލިބުން ކަމަށްވެސް އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ