މަޑުއްވަރީ ދާއިރާގެ މެމްބަރާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޖޭޕީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
މި ދެ މެންބަރުން ޖޭޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިރޭ ވަނީ ބާއްވައިފަ އެވެ.
ޖުމްހޫރީ ޕާޓީއަށް އެ ދެމްމަބަރުން ސޮއި ކުރެއްވުމަށް ފަހު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާ ފޯމް ހަވާލުކުރެއްވިއެވެ.
ޖޭޕީއަށް މި ރޭ ސޮއިކުރެއްވި ދެ މެމްބަރުންގެ ތެރެއިން އަބްދުﷲ އަކީ ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
މި ދެ މެންބަރުންނަނީ މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މަޝްހޫރު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން އާއި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާނު ފަހުމީ ވެސް ރޭ ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ