ރިޔާސީ އިންތިހާބު ބާތިލުނުކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަރުހަބާ ކިޔައިފިއެވެ.
އީޔޫ އިން ބުނީ، ސުޕްރީމް ކޯޓުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި މި ހުކުމުގެ ސަބަބުން ސަރުކާރު ބަަދަލުވުމުގެ މަރުހަލާގެ ކަންކަން މިހާރު ކުރިއަށް ގެންދިޔުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި އާ ސަރުކާރާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށްވެސް އީޔޫ އިން ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އީޔޫ އިން މަރުހަބާ ކިޔާފައިވާއިރު ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއި އެކު ބަދަލުކުރަން ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހަދާ ނަމަ އީޔޫ އިން އެކަމުގެ ޒިންމާ އުފުލަން ޖެހޭ ރާއްޖޭގެ ފަރާތްކަށް ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް އީޔޫ ޕާލަމެންޓުގެ މެންބަރަކު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އީޔޫ ޕާލަމެންޓްގެ މެންބަރަކު މިފަދަ އިންޒާރެއް ދީފައިވާއިރު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތުން ތަފާތު ކޮމެޓީތައް އުފައްދާ އެކޮމެޓީތަކުން ސަރުކާރުގެ އެކި އިދާރާތަކާއި ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
ވެރިކަމުގެ ބާރުތައް ބަދަލު ކުރަން ސަރުކާރުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ހުކުމަށް އީޔޫގެ އިތުރުން އެމެރިކާ އިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އީޔޫ އިން ވެސް މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ