ޖޭއެސްސީއަށް އޭޖީ ރިފްއަތާއި ގާސިމް އައްޔަންކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތާއި ރައްޔިތުން މަޖިލީހުގެ ގާސިމް އިބްރާހިމް އައްޔަން ކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ވެސް ޖޭއެސްސީއަށް އައްޔަންކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު (10/2008)ގެ ތިން ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާއަކީ ބަޔާންކޮށްފައިވަނީ ކޮމިޝަން އެކުލެވިގެންވާ ގޮތެވެ.
އެގޮތުން ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު، އޭގެތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.
ދެން ބާކީ ތިއްބަވާ ހަތް މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.
އެގޮތުން ޖޭއެސްސީގެ މެންބަރުކަމަށް ބަންޑާރަ ނައިބް އައްޔަން ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ނުވަ ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ. އަދި ގާސިމް އިބްރާހިމް އައްޔަން ކުރައްވާފައިވަނީ އެ މާއްދާގެ އެއް ވަނަ ނަންބަރުގެ މަތިންނެވެ.
މީގެ އިތުރުން އެ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުކަމަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވެސް މިއަދު ވަނީ އައްޔަން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ