ޖޭއެސްސީ މެމްބަރު ކަމުން ރޭނީސް ސަލީމް ވަކިކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް އަބްދުﷲ ޔާމީން އަންޔަން ކުރައްވާފައިވާ ގ. ރޭނިސް، އަހުމަދު ސަލީމް އެމަގާމުން ވަކިކުރައްވައިފިއެވެ.
ޖޭއެސްސީގެ މެމްބަރު ކަމުން ސަލީމް ވަކިކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ޖޭއެސްސީއަށް ސަލީމް އަންޔަން ކުރައްވާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު، އޭގެ ކުރިން ޖޭއެސްސީއަށް ރައީސް އަންޔަން ކުރައްވާފައި ހުންނެވި މުހައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ބަދަލުކުރުމާއި ގުޅިގެންނެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ސަލީމް ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރެއްވީ ގޭންގެ މާރާމާރީތަކެއްގައި އޭނާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވި ފުލުހުން އެމައްސަލަ ބަލަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ