ދައުލަތަށް ފައިސާ ހޯދުމަށް ރައްޔިތުންނާއި ދައުލަތަށް ގެއްލުން ދޭ ފަރާތްތަކުގެ މިލްކިއްޔާތު ވިއްކައިގެންވެސް ނުވަތަ އެއެހެންގޮތަކުުން ނަމަވެސް އަމަލު ކުރަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
މަޖިލީސް ގައި ބަހުސް ކުރެވެމުން އަންނަ 2019 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވަނީ ނިމިގެންދިޔަ ސަރުކާރުން ވަރަށް ގިނަ ފަރާތްތަކަށް މާލީ ގެއްލުންތަކެއް ދީފައިވާކަމަށް ތުހުމަތު ކުރައްވާ އޭގެ ބަދަލު ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
"މި ސަރުކާރުން އެ ފަރާތްތަކަށް ބަދަލުތަކެއް ދޭން ޖެހޭނެ. ކޯޓުތައް މެދުވެރިކޮށްގެން ނަމަވެސް އަދި އެނޫން ގޮތްގޮތަށް ވެސް ބަދަލުތަކެއް ދޭން ޖެހޭނެ،" ސައުދުﷲ ވިދާޅުވިއެވެ.
ނަމަވެސް ދައުލަތަށް މިކަމުން ހުރިހާ ބުރައެއް އުފުލަންޖެހޭފަދަ ގޮތަކަށް ކަންކަން ނިމިގެންދިޔުމަށް އެދި ނުލައްވާ ކަމަށާއި އެއްވެސް ސަރުކާރަކަށް އެފަދަގޮތަކަށް ކަންކަން އޮންނަން ނުޖެހޭނެކަން އެންމެންވެސް ވިސްނަން ޖެހޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރަކީ ރާއްޖޭގެ މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ތހުމަތު ކުރެވޭ ސަރުކާރެވެ. މި މައްސަލައިގެ ތުހުމަތުގެ އިނގިލި އެތައްފަރާތަކަށް ދިއްކުރެވުނުުއިރު ރައީސް ޔާމީންއަށް އިނގިލިދިއްކުރި މީހުންވެސް މަދެއް ނޫނެވެ.
ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށްް ސައުދުﷲ ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ