މޫނަށް ސްޕްރޭ ޖަހައި ފިއުލް ސަޕްލައިގެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "މޫވް" ސްޕްރޭ ޖަހައި ދެ މީހަކު ފައިސާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިގެ އޮފިޝަލަކު ވިދާޅުވީ، ސްޕްރޭ ޖެހުމަށް ފަހު، ފޭރިގަތީ މިދިޔަ ހަފުތާގެ ބަންދުގައި ޕެޓްރޯލް އަޅައިދީގެން ލިބުނު ރުފިޔާ ކަމަށެވެ. އެތަނުގައި ގާތްގަނޑަކަށް 250،000ރ. ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފައިސާ ޖަމާކުރަން ދާއިރު، އުސޫލުގައި އޮންނަނީ ކާރުގައި ދިއުމަށެވެ. ނަމަވެސް ދިވެހި މުވައްޒަފު މިއަދު ފައިސާ ޖަމާކުރުމަށް ދިޔައީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މިިދިޔަ އަހަރު ވެސް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް ވަނީ ފޭރިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ