ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގަޑިއަށް ޖަލްސާއަށް ހާޒިރުނުވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ނިންމަވައިފިއެވެ.
ގާސިމް މިއަދު ވިދާޅުވީ ގަޑިއަށް ޖަލްސާއަށް ހާޒިރުނުވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ.
ގާސިމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް މެމްބަރުން ހާޒިރުވެވަޑައިނުގަތުމުން ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނުލިބި ޖަލްސާ ފަށާ ގަޑި ފަސްކުރަންޖެހުމާ ގުޅިގެންނެނެވެ.
މިއަދު ޖަލްސާ ފަށަން ހަމަޖެހިފައި އޮތް ވަގުތު ޖެހުނުއިރު ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ފަސްކުރުމަށްފަހު މިއަދުގެ ޖަލްސާ ފެށީ ހެނދުނު 9:30 ގައެވެ.
މިހާރު މަޖިލީހުގެ ޤަވައިދު އޮންނަ ގޮތުން މަޖިލީހަށް ހާޒިރުނުވި ނަމަވެސް، އަދި ގަޑި ޖެހުނު ނަމަވެސް މެމްބަރުންނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ.
ގަޑިޖެހޭ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ގާސިމް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ