ހަތް ދުވަހުގެ ތެރޭގައި ބާ ޖަމާލުއްދީން ސްކޫލް ހުސްކުރުމަށް ޔުނިވަސިޓީ އަށް އަންގައިފި

ޔުނިވަސިޓީގެ ފެކެލްޓީ އޮފް ޝަރީއާ އެންޑް ލޯ ހިންގާ، ކުރީގެ ބާ ޖަމާލުއްދީން ސްކޫލަކީ މީހުން ވަދެ އުޅުމަށް އެއްގޮތަކަށް ވެސް ކަމުދާ ވަރަށް ވުރެ ހާލު ދެރަ ތަނަކަށް ވާތީ އެ އިމާރާތް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް ހައުސިން މިނިސްޓްރީ އިން ގައުމީ ޔުނިވަސިޓީ އަށް މިއަދު އަންގައިފި އެވެ.
ހައުސިންް މިނިސްޓްރީން މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒް ވިދާޅުވީ ގައުމީ ޔުނިވަސިޓީ އަށް އެ އިމާރާތް ހުސްކުރުމުގެ ހަތް ދުވަހުގެ މުހަލަތު ދީފައި މިވަނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެ މައްސަލާގައި މަޝްވަތާ ކުރުމަށް ފަހު އެކަން އެގޮތަށް ކުރުމަށް ކެބިނެޓުން ނިންމުމަށް ފަހު އެޓާނީ ޖެނަރަލް ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށެވެ.
"ޔުނިވާސިޓީން ބޭނުން ކުރަމުންދާ ބާ ޖަމާލުއްދީން އިމާރާތަކީ އެއް ގޮތަކަށް ވެސް މިހާރު ބޭނުން ކުރުމަށް އެކަށީގެން ނުވާ އިމާރާތަކަށް ވާތީ އެ މައްސަލަ އަޅުގަނޑު އިއްޔެގެ ކެބިނެޓް ބައްދަލުު ވުމަށް ހަށަހެޅިން. ކެބިނެޓްގައި މަޝްވަރާ ކުރުމަށް ނިންމީ އެތަން ހަތް ދުވަހުގެ ތެރޭގައި ހުސް ކުރުމަށް ޔުނިވާސިޓީ އަށް އެންގުމަށް. އެހެން ވީމާ އަޅުގަނޑު މިއަދު ވާނީ އެޓާނީ ޖެނަރަލްގެ ގާނޫނީ ލަފާގެ މަތިން މިއަދުން ފެށިގެން ހަތް ދުވަސް ތެރޭގައި އެތަން ހުސް ކުރުމަށް ޔުނިވާސިޓީ އަށް އަންގާފައި." މުއީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަމާލުއްދީން ސްކޫލްގެ ބާ އަމާރާތަކީ މިހާރުން މިހާރަށް ހުސްކުރަން ޖެހޭ އިމާރާތެއް ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އަދި އެކަން ސަރުކާރުގެ ކަމާ ބެހޭ އެހެން މުއައްސަސާތަކަށް ވެސް އަންގާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިމާރާތް ހަތް ދުވަސް ތެރޭގައި ޔުނިވާސިޓީން ހުސްނުކޮށް ތިބެގެން ދަރިވަރުންނަށާއި އަދި އިމާރާތް ބޭނުން ކުރާ ފަރާތްތަކަށް ވެދާނެ ގެއްލުމަކަށް ސަރުކާރުން ޒިންމާ ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން ކަނޑައަޅާފައި ވަނީ އެ އިމާރާތަކީ މިހާރުން މިހާރަށް ހުސްކުރަން ޖެހޭ އިމާރާތެއް ކަމަށް. އެހެން ކަމުން ޔުނިވާސިޓީން އެތަން ހަތް ދުވަސް ތެރޭގައި ހުސް ކޮށް އަދި ހަތް ދުވަސް ތެރޭގައި ތަނުން އެއްޗިހި ވެސް ހުސް ކުރާން ވަނީ އަންގާފައި. ތަން ހުސްނުކޮށް ތިބެގެން އެތަނުގައި ކިޔަވާ ދަރިވަރުންނަށާއި ޓީޗަރުންނަށާއި އަދި އެ އިމާރާތް ބޭނުން ކުރާ ފަރާތްތަކަށް ވެދާނެ ނުވަތަ ވާ ގެއްކުމެއްގެ ޒިންމާ އެއް ނުނަގާން." މުއީޒް ވިދާޅުވި އެވެ.
ޔުނިވާސިޓީ އަށް ތަން ހުސް ކުރުމަށް ހަތް ދުވަހުގެ މުހުލަތެއް ދިނުމުގެ ކުރިން އެކިފަހަރު މަތިން ޔުނިވާސިޓީއާ މަޝްވަރާކޮށްފައި ވާނެ ކަމަށާއި އަދި އެތަނުގެ ހާލަތު ހުރި ގޮތުން މީހުންގެ ފުރާނަ އަށް ވެސް ގެއްލުން ވެދާނެ ކަމަށް ޔުނިވާސިޓީގެ އިސްވެރިންނަށް ދަންނަވާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޔުނިވާސިޓީއާ އެކު ކުރި މަޝްވަރާތަކުގައި ޔުނިވާސިޓީ އަށް އެ އިމާރާތް ހުސް ކުރެވޭނީ އެހެން އިމާރާތެއް ލިބިގެން ކަމަށް ޔުނިވަސިޓީން ބުނުމުން ތިން އިމާރާތެއް ނުވަތަ ބިމެއް ޔުނިވާސިޓީ އަށް ދީފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކޮން ބިމެއް ކަމެއް ނުވަތަ އިމާރާތްތަކެއް ކަމެއް މިނސްޓަރު ވިދާޅެއްނުވެ އެވެ.
އިމާރާތް ހުސް ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށާއި އެހެން ކަމުން ކިޔެވުން ބަންދުކޮށްގެން ކަމުގައި ވިޔަސް އަދި ޔުނިވާސިޓީ އަށް ވަންނާނެ ތަނެއް ނުލިބުނު ކަމުގައި ވިޔަސް އިމާރާތް ބޭނުން ކުރާ މީހުންގެ ސަލާމަތަށް ޓަކައި ސަރުކާރުން ތަން ހުސް ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތަން ހުސް ކުރުމަށް ފަހު ސަރުކާރުން ނިންމާފައި ވަނީ އެ ތަން އެކޮށް ތަޅާލުމަށް ކަމަށެވެ. އެހެން ނަމަވެސް ތަން ތަޅާލުމަށް ފަހު އިމާރާތާ މެދު ހަދާނެ ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އަމީނީއްޔާ ސްކޫލްގެ އިމާރާތް ބާ ވުމުގެ ސަބަބުން އެ ސްކޫލްގެ ޝީޓަކުން ބައެއް މީގެ ހަފުތާްއެއްހާ ދުވަސް ކުރިން ވަނީ ވެއްޓިފަ އެވެ. އަދި އެމްއެންޑީއެފް އިން ހެދި ދިރާސާތަކަށް ފަހު އެތަނުގެ 24 ކްލާސް ރޫމެއް މަރާމާތު ނުކޮށް ބޭނުން ނުކުރުމަށް އެމްއެންޑީއެފް އިން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ