މާލެ އިން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

މާލެ އިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މާލެއިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
އެހެންކަމުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 2:30 އަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރައިން ބުނީ އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ މޫސުމާ ބެހޭ ގައުމީ އިދާރައިން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ ކަނޑުތައް މެދުތެރޭގެ އަތޮޅުތަކަށް އަދައިގެ ވަރަކަށް ގަދަވެފައި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އަދި ވިލާގަޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ