މިއަދުވެސް މިހުރީ ރައްޔިތުން ހޮވި ޓީމާއި އެކު ކުރިޔަށްދާން ތައްޔާރަށް: ރައީސް ޞާލިޙް

ވެރިކަމަށް އައި ގޮތް ހަނދާން ނުނެތޭކަމަށާއި ރައްޔިތުންގެ އެދުނު އެނދުން ތަންފީޒުކުރުމަށް މިހުރީ އެޓީމާއެކީގައި މަސައްކަތްކުރުމަށް ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ބޭއްވި އުފާފާޅުކުރުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން މި ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގައި ނިންމި ނިންމުމާއި އެއްގޮތަށް އަދިވެސް ރައްޔިތުން ތިބިކަން އަންގައިދިން ނިންމުމެއްކަމަށެވެ.
ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުން ނުވާކަން މިއަދު އަނެއްކާ ވެސް ރައްޔިތުން ހާމަކޮށްދީފިކަމަށާއި މާލޭގެ މަގުތަކުގަ އާއި އަދި އެ ނޫން ވެސް ރަށްތަކުގެ މަގުތަކުގައި ގޮތް ނޭނގޭ ގޮތަށް މަރަމުން ގެންދިއުން ރައްޔިތުން ބަލައިނުގަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ކަންތައް ބަލައި، އެ ކަންތައް ކުރި ބަޔަކު އިންސާފުގެ މަގަށް ގެނައުމަށްޓަކައި މި ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް އަނެއްކާވެސް ރައްޔިތުންގެ ފަރާތުން އާބަސް ލިބިގެން ގޮސްފިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ކޮރަޕްޝަނާއި ވައްކަން މިދިޔަ ސަރުކާރުން ހިންގާފައި އޮތް ވަރު ބަލައި އެކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ކޮމިޝަން އިރާދަކުރެއްވިއްޔާ މި މަޖިލިހުގައި ފަންކްޝަން ކުރާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މަރާލެވިފައިވާ އަދި ގޮތް ނޭނގޭ ގޮތަށް ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް އަޅުގަނޑު އެކުލަވައިލި ކޮމިޝަންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި މަޖިލިހުގެ ތާއީދާ އެކު އިތުރު ބާރުމިނެއްގައި ކުރިއަށް ދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ