ތަކަންދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީ ހުޅުވައިފި

ހއ. ތަކަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި ލެބޯޓްރީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު، މުހައްމަދު ޝިފާޒެވެ. ގާތްގަނޑަކަށް 934 މީހުންގެ އާބާދީއެއް އޮންނަ ތަކަންދޫ ރައްޔިތުން މީގެ ކުރިން ލެބޯޓްރީގެ ހިދުމަތް ހޯދަމުން ދިޔައީ އެއަތޮޅު ދިއްދޫ ހޮސްޕިޓަލުގެ އިތުރުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ހއ.ތަކަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ހުޅުވުން --- ފޮޓޯ: ހެލްތު މިނިސްޓްރީ ހެލްތު މިނިސްޓްރީން ބުނީ މިހާރު ތަކަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށަން ބޭނުންވާ މެޝިންތަކާއި، ޓެސްޓުތައް ހަދަން ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިފައިވާނެ ކަމަށެވެ. އެހެންކަމުން މިއީ ލެބޯޓްރީގެ ހިދުމަތް ހޯދުމަށް އެރަށު ރައްޔިތުން އުފުލަމުން އައި ތަކުލީފަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މިހާރު އެ އަތޮޅުގެ ނުވަ ސިއްހީ މަރުކަޒަކުން ލެބޯޓްރީގެ ހިދުމަތް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ