ގާޒީ ސްކޫލުގައި ކިޔަވައިދެމުންދާ ޓީޗަރަކު އަދި ޖަމާލުއްދީން ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހޮނިހިރު ދުވަހު ހެލްތު އެމެރޖެންސީ އޮޕަރޭޝަންސް ސެންޓަރުން (އެޗްއީއޯސީ) މައުލޫމާތު ދީފައިވާ ގޮތުގައި، ގާޒީ ސްކޫލުން ޕޮޒިޓިވްވެފައިވަނީ ގްރޭޑް 1 ގައި ކިޔަވައިދެމުންދާ ޓީޗަރެކެވެ. އޭނާގެ 12 ކޮންޓެކްޓުން މިހާރު ހޯދިފައިވާއިރު، މިއީ ހުސް ޓީޗަރުންކަމަށްވެސް އެޗްއީއޯސީއިން ވަނީ މައުލޫމާތު ދީފައެވެ.
ޖަމާލުއްދީން ސްކޫލުން ޕޮޒިޓިވްވެފައިވާ ދަރިވަރަކީ ގްރޭޑް 9 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެކެވެ. އޭނާގެ 4 ކޮންޓެކްޓުން މިހާރު ހޯދިފައިވާއިރު މިއީ ހުސް ދަރިވަރުންނެވެ.
މި ދެ ކޭސް އާ ގުޅިގެންވެސް ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.
ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހުއެވެ. އޭގެ ތެރޭގައި، އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި މާސްކު އެޅުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
މިފަހަކަށް އައިސް ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. ފާއިތުވި 24 ގަޑިއިރު ވެސް 50 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 27 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
ގާޒީ ސްކޫލުން ޓީޗަރެއް އަދި ޖަމާލުއްދީން ސްކޫލުން ދަރިވަރަކު ޕޮޒިޓިވްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ