ޖަރުމަނުގެ ކޯޗުކަން ކްލޮޕަށް ދެނީ 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށް

ބާލިން (ޖުލައި 11) - ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމު ޔާގަން ކްލޮޕަށް ދެނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން 2030 ގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ކަމަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަން (ޑީއެފްބީ)އާ ހަވާލާދީ ޔޫރަޕްގެ ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފި އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުން ޖަރުމަނު ކެޓީ ޕެރަގުއޭ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އެ ނަތީޖާ އަށް ފަހު، ޖަރުމަނު ކޯޗަކަށް ހުރި ހޫލިއަން ނާގަލްސްމަންގެ މަސައްކަތުގެ ރިވިއު ބައްދަލުވުމެއް، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިޕާޓްމަންޓުން ކުރިއަށްގެންދިޔައިރު، ނާގަލްސްމަން އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭތީ ޖެހުނީ މަގާމުން އިސްތިއުފާދޭށެވެ. 
Enterprise Development Industrial Pvt Ltd
MU STORE
MGH Group of Companies
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ވެސް ކްލޮޕް ގެންނަން މަސައްކަތްކުރި އެވެ. އެކަމަކު، އޭރު އޭނާ ހުރީ ލިވަޕޫލްގެ ކޮންޓްރެކްޓްގަ އެވެ. ނުވަ އަހަރު ލިވަޕޫލްގައި މަސައްކަތް ކުރުމަށް ފަހު، 2024 ވަނަ އަހަރު ކްލޮޕް އެ ޓީމުގެ ކޯޗުކަން ދޫކޮށްލި އެވެ. އޭގެ ފަހުން، އޭނާ ހުރީ ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑް އެއްގެ ގޮތުގަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި، ޖަރުމަނު މީޑިއާއެއްގެ ޕަަންޑިޓަރީ ރޯލެއްގައި މަސައްކަތްކުރަމުން އަންނަ ކްލޮޕް ވަނީ ދާދި ފަހުން، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. 
އެ ގޮތުން، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖަރުމަނު ފުޓްބޯޅަ ރައީސް، ބާންޑް ނިއުންޑޯފް އާއި ނައިބު ރައީސް، ހަންޒް ޔޯކިމް ވަޓްޒްކޭ ވަނީ ކްލޮޕާ އެކު ނިއު ޔޯކްގައި ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ. އަދި، މި ހަފްތާ ތެރޭގައި އިތުރު ބައްދަލުވުންތަކެއް ކުރިއަށްދާނެ ކަމަށާއި އެއްބަސްވުމަކާ ހަމައަށް އަންނާނީ މީގެ ނިންމަން ޖެހޭ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން ވާހަކަ ދައްކައިގެން ކަމަށެވެ. 
ރިޕޯޓްތައް ބުނާގޮތުން، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ކްލޮޕާ އެކު ޓާގެޓް ކުރަނީ، 2028 ގެ ޔޫރޯ އާއި 2030 ގެ ވޯލްޑް ކަޕްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށެވެ. 
އެ ގޮތުން، އެންމެ ފުރަތަމަ ކަމަކަށް ރެޑްބުލް ފުޓްބޯލް ގްރޫޕާ އެކު، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ކްލޮޕްގެ ރިލީސް ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ވެސް ޖެހޭނެ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްލޮޕް ވަނީ ޖަރުމަނު ފުޓްބޯޅަ ޓީމާ ހަވާލުވުމުގެ ޝައުގުވެރިކަން އޭނާގެ ހުރުމާ އެކު، ރެޑްބުލް ފުޓްބޯލް ގްރޫޕުން އެ ފުރުސަތު އޭނާ އަށް ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ