ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސަޢުދީ ޢަރަބިއްޔާއަށް ޢުމްރާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސަޢުދީ ޢަރަބިއްޔާއަށް ކުރާ ޢުމްރާ ދަތުރުތައް މާދަމާ ފަށާނެ ކަމަަށެވެ.
އަމީން ވިދާޅުވިގޮތުގައި މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ A330 މަތިންދާ ބޯޓުގައެވެ.
އެގޮތުން، މި ތާރީޚީ ކުރިއެރުމާއެކު، އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އަމީން ވިދާޅުވިއެވެ. ހަމައެއާއެކު، މި މުހިންމު މަސައްކަތް ޙަޤީޤަތަކަށް ހައްދަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންފުޅާއި ދެއްވި ލަފާފުޅަށް އަމީން ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. ފުރަތަމަ ދަތުރުގައިވެސް 750 އަށްވުރެ ގިނަ ޢުމްރާވެރިން ދަތުރު ކޮށްފައިވެއެވެ.
އައްޑޫއިން ސަޢުދީއަށް ކުރާ ޢުމްރާ ދަތުރުތައް މާދަމާ ފަށާނެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ