ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޮޓު ފޮށި ބެހެއްޓި ތަނުގައި ހަމަނުޖެހުން ހިންގައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔަ މަރުކަޒެއްގެ ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައިފި އެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލުދީދީ ޕްރީސްކޫލުގައި ހުރި ހުޅުމާލެ އުތުރު ދާއިރާ ވޯޓު ފޮށި ކައިރީގަ އެވެ. 
MGH Group of Companies
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MGH Group of Companies
އެ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގަ ހަމަލާ ބަދަލުކޮށް އެކަކު އަނެކަކަށް ހަމަލާ ދީފައިވެ އެވެ. އަދި އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދީފަައިވެ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. 
އެ ސަރަހައްދަށް ޕީއެންސީގެ ލީޑަރުން ވަނީ ވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހިމެނިވަޑައިގަންނަވަ އެވެ. 
މިއަދު ބޭއްވި އިންތިހާބުގައި ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކުގެ އެކި މަގާމުތަކަށް 2,500 އަށްވުރެ ގިނަ މީހުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ބައެއް މަގާމުތަކަށް އިންތިހާބަކާ ނުލައި މީހުން ވަނީ ހޮވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ