ސިމްބޮލިކްގެ ކޯރަކުން ކޯވަރެއް މާދަމާ ބޮވޭނެ!

މާދަމާރޭ! ބައިސްކޯފް! ކޯވަރެއް!މިއީ އަދި ކޯރަކުން #ކޯވަރެއް އިންތިޒާރަށް ނިމުމެއް އަންނަން ކައިރިވެއްޖެ 15.01.2021މިއަދި ބޯންދެނީ ކޯރެއްގެ ކޯވަރެއް! 15/01/2021 @baiskoafu
މިއީ މި ދިޔަ ދުވަސްވަރުގައި ޓްވިޓަރ ތެރެއިން ފެންނަމުންދިޔަ ވަރުގަދަ ކެމްޕޭނެއް ފަދަ ކަމެކެވެ. މި އަހަރު ފެށުނީ ސިމްބޮލިކުން ރިލީޒްކުރި ”ކޯވަރެެއް“ ލަވައާއިި އެކު އެ ލޭބަލްގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެެނެސްދެމުންނެވެ. އޭގެ ފަހުން ސިމްބޮލިކުން ޖައްސަން ފެށި ކޯރަކުން #ކޯވަރެއް މިއީ ގިނަ ބައެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އުފައްދާފައިވާ އެއްޗެކެވެ.
#ކޯވަރެއް މިއީ ކޮން އެއްޗެއްތޯ ސުވާލުކޮށްލީމެވެ. ޖަވާބުގައި ބުނީ 15.01.2021 ގައި ’ކޯވަރެއް‘ ނެރޭނެ ކަމަށެވެ.
ޔޫޓިއުބްގައި ރިލީޒްކުރީ އެ ލަވަ ނޫންހޭ ސުވާލުކޮށްލީމެވެ.
”އެއީ ކޯވަރެއްގެ އެއްމެ ލަވައެއް! އެ ލަވައިގައި ބުނާހެން ’މި އަދި ބޯންދެނީ ކޯރެއްގެ ކޯވަރެއް.“ ސިމްބޮލިކުން ލިބުނީ މި ޖަވާބެވެ. އެހެންކަމުން މި ބުނާ ކޯރަކުން #ކޯވަރެއް ބުއިމަށް އަހަރެންވެސް މި ހުންނަނީ އިތުރަށް ޝައުޤުވެރި ވެފައެވެ.
ކޮންމެއަކަސް، ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ރެކޯޑް ލޭބަލް ސިމްބޮލިކުން އެ ބުނާ ކޯރަކުން #ކޯވަރެއް މާދަމާރޭގެ 8:30 ގައި ބައިސްކޯފުން ރިލީޒްކުރާނެއެވެ. އެކަމަކު ކޯރަކުން #ކޯވަރެއް ބޮވޭނީ ބައިސްކޯފަށް ސަބްސްކްރައިބް ކޮށްލައިގެންނެވެ. އެހެންކަމުން ކޯރަކުން #ކޯވަރެއް ބޯން ތައްޔާރަށް ތިބެމާ ހިނގާށެވެ. ހަމަ ގައިމުވެސް ސިމްބޮލިކް ރެކޯޑްސް އިން ’ތޯތޯ‘ އެއްޗެއް ނުނެރޭނެ ކަން ފޭނުންނަށް ޔަަޤީންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ