ވ. ރަކީދޫއާއި މ. ރަތްމަންދޫ މީހުން ކ. ތުލުސްދޫ އަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، ތުލުސްދޫ އިން އިތުރަށް ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ވ. ރަކީދޫއާއި މ. ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރަން ނިންމާފައިވާ ނިންމުން އެގޮތަށް ކުރިޔަށްދާކަމަށެވެ. އެހެންނަމަވެސް އެރަށްތަކުގެ މީހުން ތުލުސްދޫއަށް ބަދަލުކުރެވޭނެ ތާރީހެއް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަކީދޫއާއި ރަތްމަންދޫ މީހުން ތުލުސްދޫއަށް ބަދަލުކުރާތީ ތުލުސްދޫ މީހުންނަށް ގޯތި ބޭނުންވާކަމަށެވެ. އެގޮތުން ތުލުސްދޫ މީހުންނަށް އެރަށުން ގޯތި ދިނުމަށް 30 ހެކްޓަރު ބިން ހިއްކަން ނިންމާފއިވާކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުވާން އެދޭ ނަމަ އެ ބަދަލުވާ ރަށެއްގައި ގެ އަޅަން ފަށާތާ އަހަރެއްގެ ތެރޭ އެންމެން ބަދަލުކޮށް ދީ ނިންމާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކުރާނީ ތިން ކޮޓަރީގެ ގެއެއް އަޅާދިނުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.
މީހުން ބަދަލުކުރާތީ ތުލުސްދޫއިން އިތުރަށް ބިން ހިއްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ