ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އާމިނަތު ޝިރުނާ އައްޔަންކޮށްފި އެވެ.
ވީކިިހިނެއް؟ - އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު މިދިޔަ މަހުގެ 14ގައި ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމުންނެވެ.
ތަފްސީލް - އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އާމިނަތު ޝިރުނާއަކީ ހެލްތުގެ ސްޓޭޓް މިނިސްޓަރެކެވެ. އޭނާ އެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް، މަރުހަބާ ދަންނަވައި ހެލްތު މިނިސްޓްރީން ވަނީ މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެންސްޕާ ހިންގަމުން އައީ ޖެންޑާ އެންޑް ސޯޝަލް މިިނިސްޓްރީގެ ދަށުންނެވެ. މިނިސްޓްރީތަކުގެ މެންޑޭޓުތަކަށް މިދިޔަ މަހު ގެނައި ބަދަލުތަކުގެ ތެރޭގައި ސޯޝަލް މިިނިސްޓްރީގެ ހުރިހާ މެންޑޭޓެއް ވަނީ ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.
ެއެންސްޕާގެ ސީއީއޯއަކަށް ސްޓޭޓް މިިނިސްޓަރު ޝިރުނާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ