އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް 1068 ދޯންޏަކުން ވަނީ 4414 ޓަނުގެ މަސް ކިރުވާފައެވެ. އަދި މިފްކޯއަށް ކިރުވާފައިވާ މަހަށް 78،778،405 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއަށް ކިރުވާ މަހުގެ ތެރޭގައި ކަޅުބިލަމަސް އަދި ކަންނެލި ހިމެނެއެވެ. އެގޮތުން މިފްކޯއަށް ކިރުވާފައިވާ މަހުގެ އަދަދަށް ބަލާލާއިރު:
* ކިރުވިމަސް: 4،146 ޓަން
* ދޫކުރި ފައިސާ: 77،660،455 ރުފިޔާ
* ދޯނީގެ އަދަދު: 781
* ކިރުވި މަސް: 5.78 ޓަން
* ދޫކުރި ފައިސާ: 115،600 ރުފިޔާ
* ދޯނީގެ އަދަދު: 91
* ކިރުވި މަސް: 40 ޓަން
* ދޫކުރި ފައިސާގެ އަދަދު: 1،002،350 ރުފިޔާ
* ދޯނީގެ އަދަދު: 196
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ. އަދި މަސްވެރިންނަށް ޚާއްސަ އަގެއްގައި ދަނީ ތެޔޮ ދޫކުރަމުންނެވެ. މަސްވެރިންނަށް ޙާއްސަ އަގެއްގައި ދޫކުރާ ތެޔޮ މިހާރު 9 ސަރަހައްދަކުން ލިބޭނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ