މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަކުރާނެ: މެޓް އޮފީސް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވިއްސާރެ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.މެޓް އޮފީހުން ހާމަކުރައްވާގޮތުގައި މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާހަމައަށް މޫސުން ލަފާކުރާ ގޮތައް ބަލާއިރު ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށާއި މެދުތެރޭ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ ކަމަށް. އަދި އުތުރު އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެއްވާފައިވެއެވެ. މީގެ އިތުރުން އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ހާމަކުރައްވައެވެ. އަދި ރާއްޖޭގެ ކަނޑުތައް އުތުރު އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން އޮފީހުން ލަފާކޮށްފައިވެއެވެ. މީގެ އިތުރުން މޫސުމް ގޯސްވެފައިވާ ވުމުން ތ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށްވަނީ ހުދު އެލާޓްވެސް ނެރެފައެވެ.ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް ކުރަމުން މިދާ ވިއްސާރަކީ ބޭ އޮފް ބެންގާލް ސަރަހައްދުގައި ހިމެނޭ ތޫފާން ފަނިގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. ނަމަވެސް މެޓު އޮފީހުން ވިދާޅުވެފައިވަނީ އެ ތޫފާނާ ރާއްޖެއަށް ކުރަމުން ދާ ވިއްސާރައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ