ނިލަންދޫ ޓީމު ކުޅޭ ތިންވަނަ މެޗު މިއަދު ހަވީރު

ދިވެހި ޕްރެމިއަރލީގުގައި ނިލަންދޫ ސްޕޯޓްސް ކުލަބު ކުޅޭ ތިންވަނަ މެޗު މިއަދު ހަވީރު އޮންނާނެ އެވެ. މިަދުގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައި އެވެ.
ޕްރެމިއަރލީގުގައި ނިލަންދޫ ޓީމު ކުޅުނު ފުރަތަމަ ދެމެޗުންވެސް ވަނީ ބަލިވެފައި އެވެ. ފުރަތަމަ މެޗު ދަ ގްރޭންޑް ސްޕޯޓް ކުލަބާއި ބައްދަލުކޮށް 2 ލަނޑުން 0 އިން ބަލިވިއިރު، ދެވަނަ މެޗު މާޒިޔާ އަތުން ބަލިވީ 13 ލަނޑު 0 ގެ ބޮޑު ތަފާތަކުންނެވެ.
މިހާތަނަށް ނިލަންދޫ ކުޅުނު މެޗްތަކަށް ބަލާއިރު، ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައި ނުވެއެވެ. މުބާރާތް ފެށުނުއިރުވެސް ނިލަންދޫ ޓީމު މައްސަލަގަނޑެއްގެ ތެރޭގައި އޮތްއިރު، ޓީމު ލިސްޓުގައި ހިމަނާފައިވާ ބިދޭސީ ކުޅުންތެރިން އަދިވެސް ރާއްޖެ ނާންނަ ކަމަށްވެ އެވެ. އަދި މިދިޔަ އަހަރު ޓީމަށް އެންމެ ރަނގަޅަށް ކުޅުނު މުހިއްމު ބައެއް ކުޅުންތެރިން މިފަހަރު ޓީމުން އަދި ފެނިފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ