އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖެ ކުރައްވާ ދަތުރުފުޅުގައި މާލެ ވަޑައިގަންނަވާނީ ރާއްޖެ ގަޑިން މެންދުރު 03:05 ހާއިރެވެ.
އިންޑިއާ ސަރުކާރުން ނެރެފައިވާ މޯދީގެ ދަތުރުފުޅުގެ ޝެޑިއުލްގައިވާ ގޮތުން 03:05 ގައި މާލެ ވަޑައިގަތުމަށްފަހު، ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ 03:30 ގައެވެ.
އެއަށްފަހު މޯދީ ވަޑައިގަންނަވާނީ ރައީސް އޮފީހަށެވެ. 04:00 ޖަހާއިރު ރައީސް އޮފީހުގައި ދެގައުމުގެ މަޝްވަރާތައް އޮންނާނެ އެވެ. އެއްބަސްވުންތައް ބަދަލު ކުރުމާއި، މަޝްރޫއުތައް އިފްތިތާހް ކުރުން އޮންނާނީ 05:30 ގައެވެ.
ދެގައުމުން ގުޅިގެން ބާއްވާ ޕްރެސް ކޮންފެރެންސް ރައީސް އޮފީހުގައި އޮންނާނީ 05:45 ގައި ކަމަށް އެ ޝެޑިއުލް ގައި ބުނެފައި ވެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއި މޯދީ ބައްދަލު ކުރައްވާނީ 06:00 ޖަހާއިރެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވާނީ މަޖިލިސް ކުރާ ގޭގައި 06:30 ގައެވެ.
އޭގެ ފަހުން މަޖިލިހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ 06:45 ގައެވެ. މޯދީގެ ޝަރަފުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ހާއްސަ ފަރިއްކޮޅު އޮންނާނީ މިރޭ 09:00 ޖަހާއިރެވެ.
ބޮޑު ވަޒީރުކަމާއި ދެވަނަ ދައުރަކަށް ހަވާލުވެ ވަޑައިގެންނެވި ފަހުން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެ އިން ފުރާނީ މާދަމާ ހެނދުނެވެ.
މޯދީގެ ރާއްޖެ ވަޑައިގަތުން: ދެގައުމުގެ މަޝްވަރާތައް ހަވީރު 4 ޖަހާއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ