ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ކަންބޮޑުވުން ހިއްސާކުރުމަށް ހާއްސަ އީމެއިލްއެއް

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ކަންބޮޑުވުން ހިއްސާކުރުމަށް ހާއްސަ އީމެއިލްއެއް ޓޫރިޒަމް މިނިސްޓްރީގައި ގާއިމުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިނިސްޓަރު އަބްދުﷲ މައުސޫމް އާއެކު ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ބޭއްވި ބައްދަލުވުމަށްފަހު، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރީއާ ހިއްސާ ކުރުމަށް ހާއްސަ އީމެއިލްއެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން، ([email protected]) މި އީމެއިލް މެދުވެރިކޮށް މުވައްޒަފުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި އީމެއިލް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ވެސް ކަންބޮޑުވުންތަކާއި ހިޔާލުތައް ފޮނުވޭނެ ކަމަށެވެ.
Twitter Embeded
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެމަގާމުގައި ހުންނެވިއިރު، ޓީމްއާ ދެމެދު ދެބަސްވުންތަކެއް އުފެދިގެން ދިޔައެވެ. ޓީމަކީ މީގެ އެތަކެއް އަހަރެއް ކުރިން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ހައްގުތަށް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރުމަށް އުފެއްދި ޖަމިއްޔާ އެކެވެ
މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވެސް މިބަލީ ނުރައްކާތެރިކަން ބޮޑުވެ، ޓޫރިޒަމް ދާއިރާ މިވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފަ އެވެ. ގިނަ ރިސޯޓްތަކެއް ވަގުތީ ގޮތުން ބަންދު ކުރަން ޖެހުމުން، ރިސޯޓުތަކުން މުވައްޒަފުން ވަކިކުރުމާއި، ނޯ ޕޭ އަށް ފޮނުވާލުމުގެ އިތުރުން މުސާރަ އިން ބައެއް އުނިކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ