ފުރަތަމަ އިސްލާހު ވާންވީ ރައީސް ނަޝީދު - މެމްބަރު ސަޢީދު

އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓް ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބައިވެރިވެގެން ކުރާ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެކަމަށް ރައްދު ދެއްވާ ޓްވީޓެއް ކުރައްވައިފިއެވެ. މިޓުވީޓްގައި ސައީދު ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހު ވާންވީ ނަޝީދު ކަމަށެވެ. އަދި ހައްދުފަހަނައެޅުމުން ދުރަށް ޖެހި ޕާޓީގެ ވެރިއަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައިގެން ނިންމެވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ދީނީ ހަރުކަށި މީހުންނޭ ކިޔައިގެން ދީނީ ޢިލްމުވެރިންނާއި ދެކޮޅަށް އަޑު އުފުލާބައެކެވެ. ބައެއް މީހުން ބުނަނީ އެގޮތަށް ނަޝީދު އެހެން އެވިދާޅުވަނީ ނަޝީދަކީ ދޭތެރެދޭތެރެއިން ދިނާ ޚިލާފު ވާހަކަދައްކަވާ ބެފުޅަކަށްވެފައި އެވާހަކަ ތަކަށް ދީނީ ޢިލްމުވެރިން ރައްދުދޭތީއެވެ. އަދި ނަޝީދަށް އެއްމެ ދޮކުޅުބަޔަކަށް ދީނީ ޢިލްމުވެރިންވާތީއެވެ.
ރައީސް ނަޝީދު ވެރިކަމަށް އަތުވެއްޖެނަމަ މިރާއްޖޭގައި އިސްލާމްދީނުގެ ކުޑިފުކެއްވެސް ނޯންނާނެކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ތަފާތު ދީންތަކަށް މިރާއްޖޭގައި އުޅުމުގެ މިނިވަންކަން ދޭނެކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ރައީސް ނަޝީދަކީ ޣައިރުދީން ފަތުރަށް ޣައިރުމުސްލިމުން ފޮނުވާފައިވާ އެޖެންޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ