ކައުންސިލް އިންތިހާބަށް އީސީއަށް 260 ވުރެ ގިނަ މަގާމަށް މުވައްޒިފުން ހޯދަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ގިނަ އަދަދެއްގެ މުވައްޒިފުން ހޯދަން އިއުލާނު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އަންނަ އަހަރު އޮންނަ ދެ އިންތިހާބަށް އެ ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒިފުން ހޯދަން ބޭނުންވެ އެވެ. އެގޮތުން 260 ވުރެ ގިނަ މަގާމަށް މުވައްޒިފުން ހޯދާ ކަމަށް ބުންޏެވެ. އެއީ;
* އޮފިސަރު
* ކޮންޓެންޓް ކްރިއޭޓާ
* ސީނިއާ އޮފިސަރު
* ޑްރައިވަރު
* މެއިންޓަނަންސް އޮފިސަރު
* ސެކިއުރިޓީ އޮފިސަރު
* މަސައްކަތު މީހުން
* ލޮޖިސްޓިކް އޮފިސަރު
* އެސިސްޓެންޓް މާސްޓާ ޓްރޭނާ
* ގްރެފިކްސް ޑިޒައިނަރު
* ޓެކް އޮފިސަރު
* ފޮޓޯ ގްރާފާ
* އޮފީސް އެސިސްޓެންޓް
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ