144 މިލިއަން ރުފިޔާއަށް ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ފުޅާކުރުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި، މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ތަފްސީލް - މި މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ. މަސައްކަތް ހަވާލުކުރީ 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
 ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުން
 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް)
ދުވާރުތައް ހެދުން
ފެން ހިންދާ ނިޒާމް ޤާއިމުކުރުން
 ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން.
737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރާނެ
އެނގުންް މުހިންމު - ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް މިއަދުން ފެށިގެން 13 އޮކްޓޫބަރުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ވަނީ ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ