އއ. އަތޮޅުގެ މީީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރަށްފަހު ރައީސް މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.
ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވައިގެން ރައީސް ކުރެއްވި މި ދަތުރުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް މުއިއްޒު ވަޑައިގެންނެވި އެވެ.
މިދުވަސްވަރު މުއިއްޒު ރަށްރަށަށް މި ވަޑައިގަންނަވަނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާ ދިމާކޮށް ވެސް މުއިއްޒު މިފަދަ ދަތުރުތަކެއް ކުރި އެވެ.
އއ. އަތޮޅުގެ އިތުރުން މިދިޔަ ހަފުތާ ބ. އަތޮޅަށް އަދި އޭގެ ހަފުތާއެއް ކުރިން ނ. އަތޮޅަށް މުއިއްޒު ވަޑައިގެންނެވި އެވެ.
މުއިއްޒު އއ. އަތޮޅަށް ވަޑައިގެންނެވީ، މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ބޭނުންވެގެން މަޖިލީހަށް ހުށަހެޅުމަށްފަހު އެވެ. އެ ބިލާ ގުޅޭ ގޮތުން މުއިއްޒު އަދި ސަރުކާރުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ހަމަ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވަނީ އެ ބިލަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ.
އއ. އަތޮޅަށް ކުރެއްވި ތިން ދުވަހުގެ ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި އއ. އަތޮޅަށް ކުރެއްވި ތިން ދުވަހުގެ ދަތުރަށްފަހު މުއިއްޒު މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ