ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި ފެޑޯއިން ހުޅުމާލޭގައި ހަދާ 'ސޭވާ' ޕްރީމިއަމް އާބަން ރިޓްރީޓް އަދި ލައުންޖު ފެސިލިޓީ ހަދަން ވިއްކާ 55 މިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްޓްކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކުއިރިޓީޒް ޕްލެޓްފޯމް 'ވިޔަނަ' މެދުވެރިކޮށެވެ.
މި ބޮންޑު އިޝޫކުރުމުގައި ޕްރިންސިޕަލް އެޑްވައިޒަރުގެ ދައުރު އަދާކުރަނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިންނެވެ.
ތަފްސީލް - ފެޑޯއިން ބުނީ އިންވެސްޓް ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އެ ގޮތުން:
މިއީ ކޮންވެންޝަނަލް ފިސްކްޑް އިންކަމް އިންސްޓްރުމަންޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ބޮންޑެއް
މި ބޮންޑުން އަހަރަކު %8.50ގެ އިންސްޓްރެސްޓް ލިބޭނެ. މި ފައިދާ ދޭނީ އަހަރަކު ދެ ފަހަރު، ފަސް އަހަރުގެ މުއްދަތަކަށް
މި ބޮންޑުގައި ބައިވެރިވެވޭނީ މަދުވެގެން 10 ބޮންޑަށް 10،000 ރުފިޔާ އިންވެސްޓްކޮށްގެން
މިސާލަކަށް 100،000ރ. އިންވެސްޓްމަންޓަކުން އިންވެސްޓަރުންނަށް ކޮންމެ އަހަރަކު 24،966 ރުފިޔާ ލިބޭނެ. އޭގެ ތެރޭގައި އިންސްޓްރެސްޓް އާއި އިންވެސްޓްކުރި ޕްރިންސިޕަލް އަދަދުގެ ބައެއް ހިމެނޭ
މިއީ ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރާއްޖޭގެ ކެޕިޓަލް މާާކެޓަށް ނެރޭ މި ބާވަތުގެ ފުރަތަމަ މާލީ އިންސްޓްރޫމަންޓް ކަން ފާހަގަކުރެވެ އެވެ.
ފާހަގަކޮށްލެވޭ - މި ބޮންޑުން ލިބޭ ފައިސާ ބޭނުންކޮށް ތަރައްގީކުރާ ސޭވާއަކީ ފަތުރުވެރިންނާއި ކޯޕަރޭޓް ކްލައިންޓުންނަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެ ގޮތުން އެ ތަނުގައި ހިމެނެނީ:
ބައިނަލްއަގުވާމީ ފެންވަރުގެ ރެސްޓޯރަންޓްތައް
އެންމެ ޒަމާނީ ފެންވަރުގެ ޖިމް
އިންފިނިޓީ ޕޫލެއް
ހާއްސަ ކޮންފެރެންސް ސްޕޭސް
މިހާ މަތީ ފަންތީގެ އެހެނިހެން ވަސީލަތްތައް
އެނގުން މުހިންމު - 2011އިން ފެށިގެން ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ފެޑޯއަކީ މި ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ފަންތީގެ މަޝްރޫއުތައް ހިންގާ ދިވެހިންގެ މެދުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.
މި ބޮންޑު މާކެޓަށް ނެރުނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ލަފަ އާއި އިރުޝާދުގެ ދަށުންނެވެ. ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދޫކޮށްފައިވާ ޕްރިންސިޕަލް އެޑްވައިސާ އަދި އިންވެސްޓްމަންޓް އެޑްވައިސާ ލައިސަންސް ލިބިފައިވާ މާލީ ލަފާދޭ ކުންފުންޏެކެވެ.
ހުޅުމާލޭގައި ފެޑޯއިން ހަދާ 'ސޭވާ'އަށް 55 މިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްޓްކުރަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ