ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކެއް ބާތިލުކުރަން އެމްޑީޕީން ހައި ކޯޓަށް
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ބާތިލުކުރުމަށް އިދިކޮޅުން އެމްޑީޕީން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ލާމަރުކަޒީ ގެންނަން މަޖިލީހުން ފާސްކުރި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފްތާގައި ތަސްދީގު ކުރައްވާފަ އެވެ.އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް އިތުރުކޮށްފައިވާ މާއްދާތަކަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު މާއްދާތަކެއް ކަމަށެވެ.މި މާއްދާތަކުގެ ސަަބަބުން ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި، ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެން ދާތީ މި މާއްދާތައް ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކުރެ ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ