ދެވަނަ ކުއާޓަރުގައި ދިރާގަށް 152 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 152 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.ދިރާގުގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 300 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 152 މިލިއަން ރުފިޔާ އެވެ. އަހަރުގެ ފުރަތަމަ 6 މަހު މޮބައިލްގެ ހިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށް ދިރާގަށް ވަނީ 1.2 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ކުއަޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. މިގޮތުން އަހަރުގެ ފުރަތަމަ ކުއަޓަރުގައި ދިރާގަށް މޮބައިލްގެ ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި 451 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ދެވަނަ ކުއަޓަރުގައި މޮބައިލް ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 318 މިލިއަން ރުފިޔާއެވެ.އަހަރުގެ ފުރަތަމަ ކުއަޓަރުގައި ދިރާގަށް ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށް ލިބިފައިވަނީ 260 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި މިބައިތަކުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 213 މިލިއަން ރުފިޔާއެވެ. އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 546 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 728 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.ދިރާގުގެ މާލި ރިޕޯޓް ދައްކާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ