ހާޓްއެޓޭކެއް ޖެހިގެން ކުރީގެ މެމްބަރު މުސްތަފާ އެޑްމިޓްކޮށްފި
ހާޓް އެޓޭކެއް ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ. ހާޓް އެޓޭކެއް ޖެހި ހާލު ދެރަވެގެން މުސްތަފާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ކަން އެނގިފައިވެ އެވެ. އޭނާ އެޑްމިޓް ކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ. މިހާރު މުސްތަފާގެ ހާލަތު އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އަދި ހާޓް އެޓޭކް ޖެހެން މެދުވެރިވީ ސަބަބެއްވެސް ސާފެއް ނުވެ އެވެ. މުސްތަފާ އަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ޕީޕީއެމުން ވަކިވެގެން ކަމަށް ބުނެ ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ