ދުނިޔޭގައި ކުޅޭ ވޮލީބޯޅައިގެ އަންހެން ޑިވިޝަންގެ އެންމެ ޝަރަފުވެރި މުބާރާތް، އެފްއައިވީބީ ވިމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކުން ވަގުތުން ދައްކާނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.
މީޑިއާނެޓުން ބުނީ ތައިލެންޑުގައި މާދަމާ ފަށާ އެ މުބާރާތް ސެޕްޓެމްބަރު 7، ގެ ނިޔަލަށް ދެމިގެންދާއިރު، ހުރިހާ މެޗެއް ޓީވީ އަދި މީޑިއާނެޓުގެ އެމްޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ މެންދުރު 2:00 ޖަހާއިރު ބައްދަލުކުރަނީ ޗެކްރިޕަބްލިކް އަދި އާޖެންޓީނާ އެވެ. ޗެކްރިޕަބްލިކް އާއި އާޖެންޓީނާގެ އިތުރުން މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ޗައިނާ އަދި ޖަޕާންގެ އިތުރުން އެހެން ގައުމުތައް ވެސް ހިމެނެ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް ފިލިޕިންސްގައި ސެޕްޓެމްބަރު 12، އިން ފެށިގެން ސެޕްޓެމްބަރު 28، ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މިގޮތުން ރާއްޖޭގައި ވޮލީއަށް ލޯބިކުރާ އެންމެންނަށް މުބާރާތުގެ މެޗުތައް ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އައިޓީ ނެޓްވޯކުން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި ކުޅޭ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ތިބި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބެލޭނެ އިންތިޒާމުތައް ހަމަޖައްސަން އައިސް ނެޓްވޯކުން އަބަދުވެސް މަސައްކަތް ކުރެ އެވެ.
މާދަމާ ފަށާ އެފްއައިވީބީ ވިމެންސް ޗެމްޕިއަންޝިޕް އައިސް ނެޓްވޯކުން ބެލޭނެ މާދަމާ ފަށާ އެފްއައިވީބީ ވިމެންސް ޗެމްޕިއަންޝިޕް އައިސް ނެޓްވޯކުން ބެލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ