ރަންބީރު އާއި ޝްރައްދާގެ ފިލްމުގެ ޝޫޓިން ނޮވެމްބަރުގައި

ބަތަލާ ޝްރައްދާ ކަޕޫރާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހު ފެށުމަށް ނިންމައިފި އެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ފިލްމު އިއުލާންކުރި ނަމަވެސް އޭގެ ފަހުން ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ. ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ނަން އަދި ހާމަކޮށްފައެއްނުވެއެވެ. ޑައިރެކްޓަރު ލަވް ރަންޖަންގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ މި ފިލްމުގެ މަންޒަރުތައް ޝޫޓްކުރާނީ މުމްބާއީގައެވެ. އަދި އެ ފިލްމުގެ ބައެއް މަންޒަރުތައް އިންޑިއާ ބޭރުންވެސް ނެގުމަށް ވަނީ ނިންމާފައެވެ. ފިލްމުގެ މަންޒަރުތައް އަންނަ އަހަރުގެ އޭޕްރިލް މަހު އެއްކޮށް ނިންމާލާނެ ކަމަށާއި ފިލްމުގެ ބައެއް މަންޒަރުތައް ސްޕެއިންގެ ހިތްގައިމު މާހައުލުގައި ވެސް ނެގުމަށް ވަނީ ނިންމާފައެވެ. ފިލްމުގައި ޝްރައްދާ ކުޅޭނީ ވެއިޓްރަސްއެއްގެ ރޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ