ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ދާވޫދުގެފާނުގެ ނަމާދެވެ. އަދި އެންމެ ލޮބުވެތިކަންބޮޑު ރޯދައަކީ ދާވޫދުގެފާނުގެ ރޯދައެވެ: ޙަދީޘް

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޭނުންނަމަ އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ ބޮޑަށް ލާބިވެވޮޑިގަތުން ލިބޭނެ ޢަމަލުތައް ކުރުމެވެ. އެގޮތުން ދާވޫދުގެފާނު ރޯދި ހިއްޕެވިފަދައިން ރޯފަ ނުހިފިދާނެއެވެ. އަދި ދާވޫދުގެފާނު ކުރެއްވެވި ފަދައިން ރޭއަޅުކަންވެސް ނުކުރެވިދާނެއެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް ކޮންމެ މީހަކަށްވެސް ކުރެވޭނެއެވެ.  
އެގޮތުން ބަލައިފިނަމަ ދެދުވަހުން އެއްދުވަހު ރޯދަ ނުހިފުނަސް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު ރޯދަހިފިދާނެއެވެ. އެއިރުން މަހުގެ 8 ދުވަހު ރޯދަހިފުނީއެވެ. މަހުގެ 13،، 14 އަދި 15 ވަނަ ދުވަހު ރޯދަ ހިފައިފިނަމަ އިތުރު 3 ރޯދަ ހިފުނީއެވެ. އެއިރުން މަހަކު 11 ރޯދަ ހިފުނީއެވެ. ދެދުވަހުން އެއްދުވަހާއި ވަރަށް ގާތްކުރާ ޢަދަދަކަށް އެއިރުން ރޯދަ ހިފުނީއެވެ.  
ދެން އޮތީ ރޭއަޅުކަމެވެ. ރޭއަޅުކަމަކީވެސް ދާވޫދުގެފާނުފަދައިން ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ނަމާދަށް ނުހުރެވުނު ނަމަވެސް ކޮންމެ މީހަކަށްވެސް ކޮންމެވެސް މިންވަރަކަށް ކުރެވިދާނެ ކަމެކެވެ. އޮތީ ހިތްވަރުކޮށްލައި ﷲ ތަޢާލާގެ ޙަޟްރަތުން ލޯބިވެވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރުމެވެ.  
عَبْد اللَّهِ بْن عَمْرِو بْنِ الْعَاصِ އަށް رَسُول اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  
" ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ دَاوُد عَلَيْه السَّلاَم ގެ ނަމާދެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ރޯދައަކީ دَاوُد عَلَيْه السَّلاَم ގެ ރޯދައެވެ. އެކަލޭގެފާނު ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ. އަދި ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ނަމާދަށް ހުންނަވައެވެ. އަދި ހަބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ. އެކަލޭގެފާނު ރޯދަހިއްޕަވަނީ ދެދުވަހުން އެއްދުވަހުއެވެ."
- ޙަދީޘްފުޅުގެ މާނަ: ޝައިޚް ޢަޒްމަތު ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ