ފަރުވާތެރިވެ ފުރުޞަތުގެ ބޭނުންހިފާ!: ބަންގީގެ އަޑުއިވުމުން މިފަދައިން ކިޔައިފިނަމަ ކުދިފާފަތައް ފުއްސަވައި ދެއްވަވާހުއްޓެވެ!

ވަރަށް ފަސޭހައިން ކޮށްލެވެންހުރި ކުދިކުދި ޢަމަލުތަކުންވެސް އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ މަގު ދީނުގައި ފެންނަން އެބައޮތެވެ. ބޭނުންވަނީ ސަމާލުކަންދީ ޢަމަލުކުރުމެވެ.  
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 
«مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ» [رواه مسلم] 
މާނައީ: "ބަންގިދޭމީހާ، ބަންގިދޭ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، މިފަދައިން ކިޔަވައިފިމީހާ ދަންނައެވެ. 
أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا 
(މާނައީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. ﷲ އީ ރައްބުކަމަށާއި، މުޙައްމަދުގެފާނީ ރަސޫލާކަމަށާއި، އިސްލާމްދީނަކީ (އަޅަމެންގެ) ދީންކަމަށް މިއަޅާ ރުހި ޤަބޫލުކުރަމެވެ.)
އެމީހެއްގެ (ކުދި) ފާފަތައް ފުއްސެވޭ ހުއްޓެވެ.
[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
 
- އައްޝައިޚް ޙުސައިން ޠޯރިޤްގެ ލިޔުއްވުމަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ