މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފުރަތަމަ ފަހަރަށް އަންނަ އަހަރުގެ މެދު ތެރޭ ލިބިގެން ދާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރީ އަބްދުﷲ ޔާމިން މިރޭ ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ ރަށްރަށަށް 77 ޖެނެރޭޓަރު ފޮނުވުން އިފްތިހާހު ކުރުމށް މިރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި "ސައުވީސް ގަޑިއިރުގެ ކަރަންޓް ޔަގީން" މި ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، މިއީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ކަމެއް ޔަގީންވެގެންދާ ފަހަރު ކަމަށާއި މި ބަދަލާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް އަންނަ އަހަރުގެ މެދުތެރޭ ލިބިގެން ދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބޮތް ކަމަށެވެ.
"އަންނަ އަހަރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދެވޭނެ. އަންނަ އަހަރުގެ މެދުތެރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކަރަންޓު ލިބޭނެ ކަން މިހާރު ޔަގީން. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައި ދިނުމަށް. މިފަސް އަހަރު ދުވަހުގެ ތެރޭ ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ރައްޔިތުންނަށް ޔަގީން ކޮށްދޭނަން." މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރު އިތުރު ފަސް ރަށެއްގައި އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށާއި ކުރިއަށް އޮތްތާގައި އަގު ހެޔޮކޮށް ޑީސަލް ގެނައުމަށް ގިނަ މަސައްކަތްތަކެއް ވެސް ސަރުކާރުން ކުރާނެ ކަމަށެވެ. އެކަން ކުރުމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.
" މާލޭގައި އަންނަ އަހަރު ހަތަރު މެގަވޯޓް ސޯލާ ކަރަންޓް އުފެއްދޭނެ. އައްޑޫގައި ބޭނުންކުރާ ކަރަންޓްގެ ތިން ބައިކުޅަ އެއްބައިވެސް ސޯލާ ޕެނަލް މެދުވެރިކޮށް އަންނަ އަހަރު ކަރަންޓް އުފައްދަން ފެށޭނެ. ކުރިއަށް އޮތްތާގައި އަގު ހެޔޮކޮށް ޑީސަލް ގެނައުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ." ރައީސް ވިދާޅުވިއެވެ.
24 ގަޑިއިރު ކަރަންޓު އަންނަ އަހަރުގެ މެދުތެރޭ ހުރިހާ ރަށަކަށް ލިބޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ