ގާޒާ (3 އޮގަސްޓް 2014) ގާޒާގެ ބައެއް ސަރަހައްދު ތަކުން ސިފައިން ފޭބިނަމަވެސް އިޒްރޭލުން އަލުން ހަމަލާތައް ދޭން ފަށައިފި އެވެ.
އެގޮތުން މިއަދު ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަމުން ދިޔަ އދ ގެ ސްކޫލަކަށް ދީފައިވާ ހަމަލާތަކުގައި މަދުވެގެން 10 މީހުން މަރުވެފައިވާ މައުލޫމާތު ލިބެ އެވެ. މިއީ 10 ދުވަހުގެ ތެރޭގައި އދގެ ސްކޫލަކަށް އިޒްރޭލުން ހަމަލާ ދިން ތިން ވަނަ ފަހަރެވެ. އެ ސަރަހައްދުގައި ހުރި އޭއެފްޕީގެ ރިޕޯޓަރެއް މައުލޫމާތު ދިން ގޮތުގައި އެ ސަރަހައްދުގައި އިމަޖެންސީ ހިދުމަތްދޭ ފަރާތްތަކުން މަރުވި މީހުންގެ ހަށިތަކާއި އަނިޔާވެފައިވާ މީހުން ސްކޫލުން ނެރުމުގެ މަސައްކަތް ދަނީ ކުރަމުންދެ އެވެ.
އދ އޭޖެންސީ ފޯ ފަލެސްތީނިއަން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ)ގެ ތަރުޖަމާން ކްރިސް ގަނެސް ޕޯސްޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ސްކޫލުގައި ތިބީ ހަމަލާތަކުން ސަލާމަތްވުމަށް ގޮސް ތިބި ފަރާތްތައް ކަމަށާއި ސްކޫލްގައި ތިބި މީހުންގެ އަދަދު 3000 އަށް އަރާނެ ކަމަށެވެ.
އިޒްރޭލް އަސްކަރިއްޔާގެ ލެފްޓިނެޓް ކާނަލް ޕީޓާ ލާނާ ވިދާޅުވީ އިޒުރޭލުގެ ސިފައިން ބައެއް ސަރަހައްދުތަކުން ފައިބަނީ ބައެއް އެހެން ސަރަހައްދު ތަކަށް ސިފައިން ފޮނުވުމަށް ކަަމަށާއި މިކަން ކުރިއަށް ދިޔަނަމަވެސް ގާޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާ ނުލައި ދިނުމުގައި އިޒްރޭލް އަދި ދެމި އޮންނާނެ ކަމަށެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމަލާތައް ދިނުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި ހަމާސް އަށް ދޫނުދެއްވާނޭ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
އިޒްރޭލުން އަނެއްކާވެސް ފަލަސްތީނު ރައްޔިތުން ހިމާޔަތް ހޯދާ ސުކޫލަކަށް ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ