ވެކްސިން ފުރިހަމަ ކުރާ އެމެރިކާ ރައްޔިތުން ކަރަންޓީނު ވާކަށް ނުޖެހޭ
ވެކްސިން ޑޯޒްތައް ފުރިހަމަވުމުން ކޮވިޑް ޖެހުނު މީހަކާއި ބައްދަލުވިޔަސް، ކަރަންޓީނު ވާން ނުޖެހޭގޮތަށް އެމެރިކާގެ ފެޑެރަލް ގައިޑްލައިންސްތައް ބަދަލުކޮށްފި އެވެ. އެމެރިކާގެ ސެންޓާ ފޯ ޑީޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ގޮތުގައި ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަވުމަށްފަހު ކޮވިޑް19 ޖެހިފައިވާ މީހަކާ ބައްދަލުވިޔަސް، ކަރަންޓީނު ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ. އެހެންނަމަވެސް މިފަދައިން އަމަލުކުރެވޭނީ ވެކްސިންގެ ފަހު ޑޯޒް ޖަހާތާ މަދުވެގެން ދެ ހަފްތާ ފާއިތުވެފައިވާނަމަ އެވެ. ވެކްސިން ގެ ސަބަބުން ލިބޭ ރައްކާތެރިކަން ދިގުދެމިގެންދަނީ ކިހާ މުއްދަތަކަށް ކަން އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށް ސީޑީސީ އާއި ހަވާލާދީ މީޑިއާ ރިޕޯޓުަތަކުގައި ބުނާއިރު، ވެކްސިން އެންމެ ފުރިހަމައަށް މަސައްކަތްކުރުމަށް މަދުވެގެން ދެ ހަފްތާ ނަގައެވެ. އަދި މި މުއްދަތުގައި ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިދާނެ ކަމަށް ރައްކާތެރިވާންވެސް ޖެހެއެވެ. ވެކްސިން ޖެހިނަމަވެސް ގައިދުރުކުރުމާއި ކޮވިޑްއިން ރައްކާތެރިވުމަށްޓަކައި މާސްކް އެޅުންފަދަ އެންމެހާ ކަންކަން ކުރުމަށް ސީޑީސީ އިން އިރުޝާދު ދެއެވެ. މިގޮތުން އެމެރިކާގެ ގައިޑްލައިންތަކުގައިވާގޮތުން ކޮވިޑުން ރައްކާތެރިވުމަށްޓަކައި މާސްކް އެޅުން އެކަކު އަނެކަކާ ގައިދުރުވުމުގެ ގޮތުން 6 ފޫޓް ދުރުގައި ތިބުން އެއްވުންތައް ނުބޭއްވުމާއި ބައިވެރިނުވުން ވެންޓިލޭޝަން ރަނގަޅު ނޫން ތަންތަނުގައި ނުތިބުން ކެއްސާއި ކިނބިހި އަޅާއިރު ނިވާކުރުން އަތް ދޮވުން މީގެއިތުރުންވެސް ސީޑީސީއިން ބުނެފައިވާ ގޮތުގައި ވެކްސިން އިން އަލާމަތްތައް ފެންނަ ސިމްޕްޓޮމެޓިކް ބަލިކަމުން ރައްކާތެރިކޮށްދިނަސް އޭސިޕްމްޓޮމެޓިކް އިން ރައްކާތެރިވެވޭކަން ކަށަވަރުކުރެވިފައެއް ނުވެއެވެ. ގާތްގަނޑަކަށް 330 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އެމެރިކާގައި ދުވާލެއްގެ މައްޗަށް 1.7 މިލިއަން މީހުން ވެކްސިން ޖަހައެވެ. އެހެންނަނަމަވެސް މިވަގުތު އެމެރިކާގެ ބައެއް ހިސާބުތަކަށް ސްނޯގެ އަސަރު ވަރަށް ބޮޑަށް ކޮށް ވެކްސިން ޖެހުން އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އެމެރިކާގައި ބޭނުންކުރަނީ ފައިޒާ ވެކްސިންއާއި މޮޑާނާ ވެކްސިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ