ވަކިވަކި ސިފައިންނާއި ފުލުހުން މަޖިލީހަށް ހާޒިރުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ލަފައެއް އެބައޮތް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދެވޭ ގޮތަށް ސެކިއުރިޓީ ބްރީޗްވި ގޮތް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބަލާއިރު ވަކިވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނި ނަމަވެސް މިނިސްޓްރީން ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް މީގެ 10 އަހަރު ކުރިން ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފައެއް އޮތްކަން ހާމަވެއްޖެ އެވެ.
އެއީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު ސިފައިންގެ އޭރުގެ ޗީފް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުވާން އެންގުމުން އެކަމަށް އިންކާރު ކުރައްވާފައި ވާތީ މަޖިލީހުގެ އެދުމަށް ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި ދީފައިވާ ލަފައެކެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ