ޑީޕް ކްލީނިން: ހިރުގަނޑުގެ ބަލިތަކަށް އޮތް އެންމެ ފުރިހަމަ ފަރުވާ

ދަތުގެ ސިއްހަތު ރައްކާތެރިކުރުމަށާއި ހިރުގަނޑުގެ ބަލިތަކުން ސަލާމަތްވުމަށްޓަކައި ދަތްތައް ރަނގަޅަށް ސާފުކުރުން ނުވަތަ ޑީޕް ކްލީނިން އަކީ މުހިންމު ފަރުވާއެކެވެ. މި ފަރުވާއަކީ ހިރުގަނޑުގެ މަތީބައިގެ އިތުރުން ހިރުގަނޑުގެ އަޑީގައި އުފެދޭ ބެކްޓީރިއާ އާއި ހަރުވެފައި އެއްޗެހި ނައްތާލުމަށް ދޭ ފަރުވާއެކެވެ. މީގެ ސަބަބުން ދަތްތައް ބަލިވެ ވެއްޓުމުން ސަލާމަތްކޮށްދީ، އަނގައިން ނުބައި ވަސް ދުވުން ހުއްޓުވައިދެ އެވެ.
އާންމުކޮށް ދަތް ސާފުކުރުމާއި ޑީޕް ކްލީނިންއާ ދެމެދު ބޮޑު ތަފާތެއް ހުރެ އެވެ. އާންމުކޮށް ސާފުކުރަނީ ހަމައެކަނި ހިރުގަނޑުން މަތީގައި ހުންނަ ހަޑިތަކެވެ. ނަމަވެސް ހިރުގަނޑުގެ ބަލިތަކުގެ އަލާމާތްތައް ފެންނަ ނަމަ، ޑޮކްޓަރުން ލަފާދެނީ ޕީރިއޮޑޮންޓަލް ސްކޭލިން އަދި ރޫޓް ޕްލޭނިން ހެދުމަށެވެ. މި ފަރުވާ ބޭނުންވަނީ ހިރުގަނޑު ދުޅަވެ، ދަތާއި ހިރުގަނޑާ ދެމެދު ހުންނަ ހުސްތަން ހަތަރު މިލިމީޓަރަށް ވުރެ ބޮޑުވާ ހާލަތްތަކުގަ އެވެ. ހިރުގަނޑުން ލޭ އައުމާއި، ހިރުގަނޑު ހިިނދުމާއި، އަދި ދަތްތައް ހެލުމަކީ މި ފަރުވާ ބޭނުންވާކަމުގެ ނިޝާންތަކެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ޑީޕް ކްލީނިންގެ ސަބަބުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ހިރުގަނޑުގެ ބަލި އިތުރަށް ގޯސްވިޔަނުދީ ހުއްޓުވުމެވެ. މީގެ އިތުރުން މި ފަރުވާއިން ދަތުގެ މޫތައް ސާފުކޮށްދީ، ހިރުގަނޑު އަލުން ދަތުގައި ހަރުލުމަށް އެހީތެރިވެދެ އެވެ. ނަމަވެސް މި ފަރުވާއާ ގުޅިގެން ބައެއް ކަހަލަ އުނދަގޫތައް ކުރިމަތިވެދާނެ އެވެ. އޭގެ ތެރޭގައި ދަތްތައް ހީލިކެރުވުމާއި، ކުޑަކޮށް ތަދުވުން ހިމެނެ އެވެ. ވަރަށް މަދު ހާލަތެއްގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު އޮތް ނަމަވެސް، ފަރުވާގެ ފައިދާ މާ ބޮޑެވެ.
މި ފަރުވާ އާންމުކޮށް ކުރިއަށް ގެންދަނީ ދެ ފަހަރެއްގެ މަތިންނެވެ. ފުރަތަމަ ދަތުރުގައި ހިރުގަނޑުގެ އަޑީގައި ހުންނަ ހަޑިތައް ސާފުކުރާއިރު، ދެވަނަ ފަހަރު ދަތުގެ މޫތައް ސާފުކުރެއެވެ. މި މަސައްކަތް ކުރާއިރު ތަދު ކުޑަކުރުމަށްޓަކައި އައްސިކުރާނެ އެވެ. ބައެއް ހާލަތްތަކުގައި އިންފެކްޝަނުން ސަލާމަތްވުމަށް އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހިދާނެ އެވެ.
ފަރުވާއަށްފަހު ދަތްތައް ހީލިކެރުވުން ކުޑަކުރުމަށްޓަކައި ހަރު އެއްޗެހި ނުކިޔުމަށް ސަމާލުކަން ދޭށެވެ. އަދި މާ ހޫނު ނުވަތަ މާ ފިނި އެއްޗެހި ބުއިމުން ދުރުހެލިވާންޖެހެ އެވެ. އަދި ލޮނުފެނުން އަނގަ ދޮވުމަކީ ފާރު ފަސޭހަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދާއިމީ ގޮތެއްގައި ދަތުގެ ސިއްހަތު ދެމެހެއްޓުމަށްޓަކައި ދުވާލަކު ދެ ފަހަރު ދަތް އުނގުޅުމާއި، ފްލޮސް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
* މިލިޔުން ގެނެސްދީފައި ވަނީ ފެމިލީ ޑެންޓަލް ކެއާގެ ފަރަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ